ބޭރު ކުޅިވަރު

ޕްރެމިއާ ލީގުގެ އާބޯޅަ ލީކްކޮށްލައިފި

ކުރިއަށް އޮތް އިނގިރޭސި ޕްރެމިއާ ލީގު ސީޒަނުގައި ބޭނުންކުރާނެ ބޯޅަ ލީކުކޮށްލައިފި އެވެ.

ނައިކީ ކުންފުނިން 2016 އަދި 2017 ވަނަ އަހަރުގެ ސީޒަނަށް ތައްޔާރުކުރި މި ބޯޅައިގައި ނައިކް އޯޑެމް 4 އެވެެ. ބޯޅައިގައިވަނީ ހަތަރު ކުލަ އެވެ. އެއީ ނުލާއި ފެއްސާއި ވައިލެޓް އަދި ކަޅު ކުލަ އެވެ.

މި ބޯޅަ ލީކްވެފައިވީ ނަމަވެސް ޕްރެމިއާ ލީގުން ވަނީ މިއީ އެ ލީގުގައި ބޭނުންކުރާނެ ބޯޅަކަން ރަސްމީކޮށް ބުނަން އުޒުވެރިވެފަ އެވެ.
ޖޫން 15ގައި ޕްރެމިއާ ލީގުގެ އާ ސީޒަނުގެ މެޗު ތަރުތީބު އިއުލާނުކުރަން ނިންމާފައިވާއިރު މިހާރު ވެސް ޓީމުތައް ވާދަކުރާ މެޗު ޝެޑިއުލް ވަނީ ލީކުވެފަ އެވެ. މިކަމަށް ވެސް ޕްރެމިއާ ލީގުން ވަކިއެއްޗެއް ނުބުނެ އެވެ.

ޖުމުލަ 20 ޓީމު ވާދަކުރާ ޕްރެމިއާ ލީގުގެ އާ ސީޒަން ފަށަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގަ އެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ލެސްޓާ ސިޓީ އެވެ.