ކަނޑުމަތީގެ ހާދިސާ

ދިޔަވަމުންދިޔަ ދޯންޏެއް ސަލާމަތްކޮށް، ކުޅުދުއްފުއްޓަށް ވައްދައިފި

މުދާ އަރުވައިގެން ށ. ނޫމަރާ ކައިރިން ދަތުރުކުރި ދޯންޏަކަށް ދިޔަވެ އަޑިއަށް ދަނިކޮށް ސިފައިން އެހީވެ އެ ދޯނި ހދ. ކުޅުދުއްފުއްޓަށް ވައްދައިފި އެވެ. ދިވެއްސަކާއި ފަސް ބިދޭސީން ދަތުރުކުރި މި ދޯނިން އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއފުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 އެހާކަންހާއިރު އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ޓީމެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ ކުރި މަސައްކަތުން ދޯނީގެ ދިޔަގަނޑު ޕަމްޕު ޖަހައިގެން ކޮންޓްރޯލްކޮށް ދޯނި ކުޅުދުއްފުއްޓަށް ވައްދާފައިވާ ކަމަށެވެ.

""ފްރެޝް 3" ކިޔާ މި ދޯނި ކުޅުދުއްފުއްޓަށް ގެންދިޔައީ ހެނދުނު އެވެ.