ސަޢޫދީ ރަސްގެފާނު ހަދިޔާ ކުރެއްވި ކަދުރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ހަމަޖައްސައ މާލެއާއި ވިލިމާލެއަށް 7840 ކިލޯ ކަދުރު ބަހަން ހަމަޖައްސައިފި އެވެ. އެއީ ދެ ކިލޯގެ 392 ޕަކެޓެވެ.
ހައުސިން މިނިސްޓްރީން ބުނީ މާލެސިޓީގައި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް ދެ ކިލޯގެ އެއް ޕަކެޓް ކަމަށާއި މާލޭ ރަށްވެހިންނަށް ކަދުރު ދޫކުރާނީ، އައިޑީ ކާޑާއެކު ދިއުމުން ކަމަށެވެ. ކޮންމެ މީހަކަށް ވެސް ދޫކުރާނީ ދެ ގޭ ބިސީގެ ކަދުރެވެ. މާލޭ ރަށްވެއްސެއް ކަމަށް ބަލާނެ ހެތްކަކީ އައިޑީ ކާޑާއި، ދަފުތަރުގައި ޖައްސަވާފައިވާ ނަމަ މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންދިއުމުންނެވެ.
ކަދުރު ބަހަ ގަޑިތައް
ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 ން 14:00 އަށް
ހޮނިހިރު ދުވަހު ހެނދުނު 10:15 ން 14:00 އަށް
ކަދުރު ބަހާ ނަންބަރު ދޫކުރާނީ ހުކުރުދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 ން 10:00 އަށެވެ. ދޫކުރާނީ 100 ނަންބަރެވެ. ކަދުރުބަހާނީ، 2016 ޖޫން 11 ވާ ހޮނިހިރު ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ. ކަދުރު ބަހާނީ މި މިނިސްޓްރީގެ އާންމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭ ކޮށި) ނެވެ. ވިލިމާލޭގައި ކަދުރު ބަހާނީ، ވިލިމާލޭ ޔުނިޓުންނެވެ.
ސައޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް 50 ޓަނުގެ ކަދުރު ހަދިޔާ ކުރެ އެވެ. މިދިޔަ އަހަރު ހަދިޔާކުރި ކަދުރުގެ އަގަކީ ގާތްގަނޑަކަށް 70،000 އެމެރިކާ ޑޮލަރެވެ. ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ އިތުރު އިސްލާމީ އެހެން ގައުމުތަކަށް ވެސް ރޯދަމަހާ ދިމާކޮށް ކަދުރު ހަދިޔާ ކުރެ އެވެ.