ރޯދަ މަހާ ރޯއްޖާ

ހެލްތް ޓިޕްސް ވިތު ސާއިދު: ޖިމަށް ގޮސްގެން ވެސް ނުހިކެނީތަ؟

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މީހަކަށް ބޭނުންވާނެ މުހިންމު އިރުޝާދުތަކަށް ޝައުގުވެރިވާ ނަމަ މިއީ އެކަމަށް ހާއްސަ ޝޯއެކެވެ. ހާއްސަކޮށް ފަލަކޮށް ތިބޭ ފަރާތްތައް ހިއްކާނެ ފޯމިއުލާއެއް ހޯދުމަށް ކެތްމަދުވެފައިވާ ނަމަ މި ޝޯ ބަލައިލުމުން މައުލޫމާތު އިތުރަށް މުއްސަނދިވެގެންދާނެ ކަން ޔަގީނެވެ.

މި ޝޯގެ ހޯސްޓެއްގެ ގޮތުގައި ކިޔުންތެރިން އަދި ބެލުންތެރިންނާ ބައްދަލުކުރާނީ ސާއިދު އަލީ މުހައްމަދު އެވެ. އުމުރުން 20 އަހަރުގެ ސާއިދު "ފިޓްނެސް ސެލެބްރިޓީއަކަށް" ބަދަލުކޮށްލީ އޭނާގެ 118 ކިލޯގްރާމުގެ ބަރުދަން އެންމެ ހަތް މަސް ދުވަސް ތެރޭގައި 65 ކިލޯގްރާމަށް ތިރި ކުރުމަށް ކުރި އާދަޔާހިލާފު ހިތްވަރަށާއި މަސައްކަތުންނެވެ.

މިއީ ސިއްހީ ދާއިރާ އިންވެސް ވަރަށް މައުލޫމާތު މުސްހަނދި ޒުވާނެކެވެ. އެކަމަކު ހަމައެކަނި އޭނާގެ ވާހަކަތަކަށް ބަރޯސާވާކަށް ނުވާނެއެއް ނޫން ހެއްޔެވެ. ސާއިދާއެކު ކަމުގެ ތަޖުރިބާކާރުން ވެސް ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.