ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގެ އެސޯސިއޭޓް ޕާޓްނަރަކަށް އެލައިޑް

Jun 8, 2016

އޮގަސްޓް މަހު ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ގައި އެސޯސިއޭޓް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާގެ އެސޯސިއޭޓް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖެހުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖަރު މާކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ ފެއާގެ ޕާޓްނަރަކަށް އެ ކުންފުނި ބައިވެރިވީ މިއީ ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ފެއާއަށްވާތީ ކަމަށެވެ.

"މި ފެއާއަކީ ތަފާތު ފެއާއެއް. އަދި މި ފެއާ މި ބާއްވަނީ ރާއްޖޭގައި މުޅިން އަލަށް. އެހެންވެ މި ފެއާގައި ބައިވެރިވީ،" ނިއުޝާދު ވިދާޅުވި އެވެ.

ކޮންމެ ދުވަހު ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް

"ވެކޭޝަންސް އެކްސްޕޯ 2016" ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 4-6 އަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ. މި ފެއާ އިންތިޒާމު ކުރަނީ ހައިރައިސް އިންނެވެ. މި ފެއާ އޮންނަ ކޮންމެ ދުވަހަކު ލަކީޑްރޯއެއް ނަގައި ހާއްސަ އިނާމެއް އެލައިޑް އިންޝުއަރެންސުން ދޭނެ އެވެ. އިނާމެއްގެ ގޮތުގައި ދެނީ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ.

ނިއުޝާދު ވިދާޅުވީ ޓްރެވަލް އިންޝުއަރެންސަކީ ދަތުރުކުރާ މީހުންނަށް މުހިންމު އެއްޗެއް ކަމަށެވެ.

"ވިސާ ހޯދުމުގައި ވެސް މި އިންޝުއަރެންސް ބޭނުންވޭ. މި އިންޝުއަރެންސް އޮތުމުން ދަތުރުކުރުމުގައި ދިމާވާ ގެއްލުން ތަކަށް ބަދަލު ހޯދައިދޭ،" ނިއުޝާދު ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ. މީގެ އިތުރުން އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި ލޭމް އާއި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ. އަދި މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ:

  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ނިއުސް ޕާޓްނަރު މީޑިޔާ އަވަސް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް