ޔޫރޯ އަށް ހާއްސަކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން ކުރިއަށްދާ ޕްރޮމޯޝަން ޔޫރޯފޯރިއާގައި ހިޓާޗީ ބްރޭންޑުގެ ޓީވީ ބާޒާރަށް ނެރެފި އެވެ. އެސްޓީއޯ އިން ބުނީ މީގެ މަގްސަދަކީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ޓީވީ ފޯރޮކޮށްދިނުން ކަމަށެވެ.
މި ޓީވީތަކަކީ ޔޫރޯއަށް ހާއްސަކޮށް އެސްޓީއޯއިން ގެނައި ޓީވީތަކެއް ކަމަށާއި މިއީ މިވަގުތު ރާއްޖޭގެ މާކެޓުން ލިބެންހުރި އެންމެ އަގު ހެޔޮ، ކޮލިޓީ ރަނގަޅު ޓީވީ ތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއްގެ ޓީވީ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މި ޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑްގެ ޓީވީތަކުގެ ތެރެއިން ވަކި މޮޑެލްއެއްގެ ޓީވީ ގަނެގެން މީޑިއާނެޓްގެ އޯޕެން ޓީވީ މޮޑެމްއެއް ހަދިޔާ އެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.
އެ މޮޑެލް ތަކަކީ:
- HITACHI LED TV 50" LE50VZS01AI
- HITACHI LED TV 55" LD55SY11A
- HITACHI LED TV 65" LD65SY11A
މީގެ އިތުރުން ގަންނަ ހިޓާޗީ ބްރޭންޑްގެ ކޮންމެ ޓީވީ އަކަށް އެއް އަހަރު ދުވަހުގެ ސާވިސް ވޮރެންޓީ ސާވިސްގެ ހިދުމަތް އެސްޓީއޯ ސާވިސް ސެންޓަރ އިން ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ޖޫން 2016ގެ ނިޔަލަށެވެ.