ހަބަރު

ދުވަސްވީ މީހުންނަށް ތަކެތި ފޯރުކޮށް ދިނުމުގެ ޕްރޮގްރާމެއް ރައީސްގެ އަނބިކަނބަލުން ފައްޓަވއިފި

Feb 11, 2015
1

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ ޕްރޮގްރާމެއް ރައީސް އަބްދުﷲ ޔާމީން އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފައްޓަވައި ދެއްވައިފި އެވެ.

މިއަދު ރަމްޒީ ގޮތުން ފެށި އެ ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ގޮނޑިއާއި އަސާ، ހަދިޔާ ކުރުމަށް އެފަދަ ފަރާތްތަކާބެހޭ އެމްބެސެޑަރު އަޙްމަދު ޙިޝާންއާ ‏ މިއަދު ‏‏ހަވާލުކޮށްދެއްވީ ވެސް ފާތުމަތު އިބުރާހީމެވެ. މިކަން އޮތީ މިއަދު މެންދުރުކުރީގައި މުލީއާގޭގައެވެ. ‏

މިޕްރޮގްރާމުގެ ދަށުން ‏އަތޮޅުތަކުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ގޭގެއަށް ‏‏އެމްބެސެޑަރު ގޮސް ތަކެތި ހާވާލުކޮށްދޭނެ އެވެ. މިދަތުރުތަކުގައި ޒިޔާރަތް ކުރަނީ އެފަދަ ފަރާތްތަކުގެ ޝަކުވާތައް ‏‏އެންމެ ގިނައިން ލިބިފައިހުރި އަތޮޅުތަކަށެވެ. ‏