ޔޫރޯ 2016

އަވަސް ޔޫރޯ އާއި ކޯޕާ އެމެރިކާ ގައިޑް، އަދި ޕޯސްޓަރު ހިލޭ

Jun 9, 2016
10
އަވަސ ޔޫރޯ އަދި ކޯޕާ ގައިޑް: މިރެއިން ފެށިގެން ހިލޭ ލިބޭނެ
0%
0%
0%

މާދަމާ ރޭ ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މިހާރު އެމެރިކާގައި ކުރިޔަށްދާ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް އަވަސް އޮންލައިން އިން ތައްޔާރުކުރި ހާއްސަ ޔޫރޯ ގައިޑް "އެމްޓީސީސީ އަވަސް ޔޫރޯ" މެގަޒިން މިދިއަ ހަފުތާގައި ރަސްމީކޮށް އިފްތިތާހު ކުރުމަށްފަހު މިއަދު ހިލޭ ބަ ހަން ފަށައިފި އެވެ.

މުބާރާތުގައި ވާދަކުރާ 24 ޓީމުގެ މައުލޫމާތާއި މުހިންމު ކުޅުންތެރިން އަދި ފްރާންސްގެ ތައްޔާރުވުންތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ މި ފޮތް ހިލޭ އާއްމުންނަށް ބަހަން އަވަސް އިން ނިންމީ ދެ ކަމަކާ ގުޅިގެންނެވެ. އެއީ ބޮޑު ކުޅިވަރު މުބާރާތަކަށް މިހާބޮޑު ފޮތަކާއިގެން އަވަސް ކިޔުންތެރިންނާ ބައްދަލުކުރި ފުރަތަމަ ފަހަރަށްވުމުގެ އިތުރަށް މިއީ ނޫހުގެ އިޖްތިމާއީ ޒިންމާއެއްކަމުގައި ވެސް ދެކިގެންނެވެ.

މި ފޮތުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ސެންޓެނާރިއޯ އަށް ހާއްސަ ސަޕްލިމެންޓެއް ހާއްސަކޮށްފައިވާއިރު ފޮތާއެކު ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ އަދި ފްރާންސްގެ ޕައުލް ޕޮގްބާ އާއި ސްވިޑްންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގަ ޕޯސްޓަރުތައް ވެސް ހިލޭ ލިބޭނެ އެވެ. އަދި މުބާރާތުގެ ސްކޯ ޗާޓް ވެސް ހިލޭ ލިބޭނެ އެވެ.

މި ފޮތް އަވަސްގެ އިދާރާއިން ލިބެން މިހާރު ހުރި މާދަމާ ހަވީރު ލޮނުޒިޔާރަތްކޮޅުގައި ވެސް ފޮތާއި ޕޯސްޓަރު ބެހުމުގެ ހަރަކާތެއް އޮންނާނެ އެވެ. އަދި ޔޫރޯ މުބާރާތް މާދަމާ ރޭ ފެށުމާއެކު ވެސް ފޮތް ހިލޭ ދޫކުރާނެ އެވެ.

އަވަސް ޔޫރޯ ފޮތް މިދިޔަ އާދިއްތަ ދުވަހު ނެރެދެއްވީ އެފްއޭއެމުގެ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. މި މުބާރާތަށް އަވަސް އިން ތައްޔާރުކޮށްފައިވާ ވެބްސައިޓާއި އަވަސް ޔޫރޯ އެޕްލިކޭޝަން ނެރެދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ. ފޮތް އިފްތިތާހު ކުރި ދުވަހު ވެސް މާލޭގައި ފޮތް ބަހާފައި ވެއެވެ.

މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ކުރިއަށްދާ މުބާރާތަށް ހާއްސަކޮށް ބޮޑު ސްކްރީނުގައި މެޗު ބަލާލުމަށް އަވަސް ޔޫރޯ ޖަގަހަ ވެސް ހުޅުވަން ވެސް ވަނީ ނިންމާފަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ަރިޒާން

އަވަސް ވަރެއް ނެތް، އިޖްތިމާޢި ޒިންމާތަކަކީ ހުރި އެއްޗެއްކަން ދަންނަ ބަޔަކީ ހަމަ އަވަސް،. ވަރަށް އުފާވެއްޖެ މި ޚަބަރު ފެނުމުން.. އުންމީދު ކުރަން އަވަސްޔޫރޯ ފޮތް އައްޑޫގެ ރައްޔިތުންނަށް ބަހާލެވޭ ކަހަލަ ގޮތެއް ހަމަ ޖެހިގެންދާނެ ކަމަށް.. އަހަރުމެން މިއުޅެނީ އައްޑޫގަ.. މިތާކު ނޫޅޭ ކުޅިވަރު ޚާއްސަކޮށް ފުޓްބޯޅައަށް އެހާ ސަޕޯރޓް ކުރާ ބައެއް. އެންމެންވެސް އެއޫލޭނީ އެހެންކަމެއް ކުރެވޭތޯ.... ޔޫރޯ އަށް ވަކި ތައްޔާރެއްވާ ތަނެއް ނުފެނޭ... ދެން ސިޓީ އެކޯ. ކެކެކެކެ

ސނނ

އަވަސްގެ ޓީމު ހަމަ އަވަސްވެފައި ގަދައީ އޭ ދޯ. ރާއްޖޭގެ މީޑިއާއަކުން މިފަދަ ފޮތެއް ހިލޭ ނެރުނީތީ އަވަސް އަށް ޝުކުރު ދަންނަވަން. ޗެލެންޖް ނަގަން ކެރޭ ޓީމެއް އަވަސްގެ އޮންނަނީ

އިއްބެ

މިއަދު ރޯދަކުރުކުރަން ނިކުމެ އުޅެނިކޮށް އަވަސްގެ ޔޫރޯ ގައިޑާއި، ސްކޯޗާޓާއި ޕޮސްޓަރު ލިބުނު. ވަރަށް ފުރިހަމަ މަސައްކަތެއް އަވަސްގެ ޓީމް. އަވަސްގެ ހީވާގި ޓީމަށް ސާބަސް. އަބަދުވެސް ކާމިޔާބަށް އެދެން

ނަސީމް

ސަން މީހުން އެބަ އުޅޭ ލަދުން އެމހުންގެ މެގަޒިން ނެރެން ނުކެރިގެން... އެއްފަހަރު ބުނާނެ 3 ކޭ މިހާރު 9 އެކޭ، މިއަދު މި ހުސްވަނީ އަދި ހަބަރެއް ނުވޭ.

މުހައްމަދު

ދެރައީ ތިއެއްޗެއްވެސް ވިއްކަން ބަޔަކު އުޅޭތީ

މުނާރާ

މިފަހަރު ހިލޭކޮށްފަ މުސްތަގުބަލްގައި ވެސް ހިލޭ ކޮށްފިއްޔާ ވަރަށް ރަނގަޅު، އާ ފަހަރުވީމަ ހިލޭ ކުރީހެން ހީވަނީ. އެހެން ނުވެއްޖިއްޔާ ވަރަށް ބެސްޓް، ކޮންމެއަކަސް އަވަސް ޔޫރޯ މެގެޒިން ވަރަށް ސަޅި، ވަރަށް ކަމުދިޔަ،

ޢަވަސް ފޭން

ސާބަހޭ އަވަސް. ގަދަ އިގޭ.

ބާނީ

އަސްލުތަ، ޔޫރޯ ކޯޕާ މެގެޒިން ހިލޭތަ މިފަހަރު، ވަރަށް ސަޅި، މިއޮށްހާ ދުވަހު މިވެސ ވިއްކައިގެން އުޅުނު މީހުން އަދިވެސް ވިއްކަނީ.

ހަސަން

ޝުކުރިއްޔާ އަވަސް، މެގަޒިން ވ. ސަޅި

ޢަލީ

ގަދަ އިނގޭ...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910