ޔޫރޯ 2016

ޔޫރޯގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރާނެ

މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް މެޗުތަކުގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރަން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ)އިން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ މިއަދު ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން ފާސްވުމުންނެވެ.

ޔޫއޭފާއިން މި ގޮތަށް ނިންމިއިރު އެ ޖަމާއަތުން ބާއްވާ ބޮޑެތި ބައެއް މުބާރާތްތަކުގައި މިހާތަނަށް އައީ މި ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ.

ނަމަވެސް މިހާތަނަށް ޗެމްޕިއަންސް ލީގާއި ޔޫރޯގައި މި ޓެކްނޮލޮޖީ ބޭނުންނުކުރެވި އޮތް އެއް ސަބަބަކީ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ މިކަމާ ދެކޮޅު ހެއްދެވުމެވެ.

ނަމަވެސް ކޮރަޕްޝަނުގެ ތުހުމަތުގައި އަށް އަހަރަށް މިދިޔަ މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފީފާއިން އޭނާ ސަސްޕެންޑްކޮށްފައި ހުރުމުން އިއްޔެގެ ބައްދަލުވުމުގައި ޕްލެޓިނީ ބައިވެރިއެއްނުވެ އެވެ.

ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރަން ހިންމުމުން އެންމެ ބޮޑަށް ހިތްހަމަޖެހުން ފާޅު ކުރި އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. 2014 ވަނަ އަހަރާއި 2010ގެ ވޯލްޑް ކަޕުން އިނގިރޭސިން ކެޓީ ވެސް ގޯލަށް ވަދެފައިވާ ދެ ބޯޅައެއް ރެފްރީ ގަބޫލު ނުކުރުމުންނެވެ.