ޔޫރޯ 2016

ޔޫރޯގެ ލައިވް ބްރޯޑްކާސްޓް ކުރަން އުރީދޫން އޯޕަން ޓީވީ އާއި ގުޅިއްޖެ

Jun 9, 2016

އުރީދޫ އާއި އޯޕަންޓީވީ އާއި ގުޅިގެން، ރާއްޖޭގައި މުޅިން އަލަށް މޮބައިލް ޕްލެޓްފޯމް އެއްގައި ލައިވްކޮށް ޔޫރޯ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފިއެވެ.

އުރީދޫން ބުނީ އޯޕަން ޓީވީ މެދުވެރިކޮށް، ކޮންމެތަނެއްގައި ތިބެގެންވެސް ކަސްޓަމަރުންނަށް، އެބޭފުޅުންގެ ސްމާޓް ފޯންތަކުންނާއި، ޓެބްލެޓް އަދި ޕީސީ ބޭނުންކުރައްވައިގެން ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗުތައް ލައިވްކޮށް ބަލާލެވޭނެ ކަމަށެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ޔޫރޯ 2016 އިގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ވަރަށް ހެޔޮއަގުގައި ޔޫރޯގެ މެޗްތަށް ލައިވްކޮށް ބެލޭނެ، ޚާއްސަ ޑޭޓާ ޕެކްތަކެއް އުރީދޫ އިން މިއަދު ވަނީ ތައާރަފްކޮށްފައެވެ. އުރީދޫގެ ޔޫރޯ ޑެއިލީ ޕެކް އަދި ޔޫރޯ ސީޒަން ޕެކް ޚިޔާރުކުރާ ނަމަ އޯޕަން ޓީވީގެ ޔޫރޯ އަށް ހާއްސަކުރެވިފައިވާ ޗެނަލް އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ އެވެ.

އެންމެ 150 ރ. އަށް ޔޫރޯގެ ހުރިހާ މެޗްތަކެއްވެސް ބަލާލުމުގެ ފުރުސަތު ހޯދައިދޭ އުރީދޫގެ ޔޫރޯ ސީޒަން ޕެކް ޕްރީބުކް ކުރާ ފަރާތްތަކަށް، 300 އެމްބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ. މި ޕެކަށް ޕްރީ ބުކް ކުރެވޭނީ މާދަމާ މެންދުރު 12.00 ޖެހުމުގެ ކުރިންނެވެ.

"މުޖުތަމައު އަށް މުހިއްމުވާ މިފަދަ މުނާސަބާތަކުގައި ބައިވެރިވެ، ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އުރީދޫއިން ވަރަށް އިސްކަންދޭ ކަމެއް. އޯޕަން ޓީވީ އާ ގުޅިގެން، ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޔޫރޯ 2016ގެ މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވިއެވެ.

"އޯޕަން ޓީވީ އާއި އުރީދޫގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޔުއެފާ ޔޫރޯ 2016 ގެ 51 މެޗު، އެ ބޭފުޅުންގެ މޮބައިލް ޑިވައިސްތަކުން ބަލާލުމުގެ ފުރުސަތު ހޯދައިދެވުންކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން." މީޑިޔާނެޓްގެ ސީއީއޯ، އަހުމަދު ޝަފީއު ވިދާޅުވިއެވެ.

ޔޫރޯ ޑެއިލީ ޕެކް ނެންގެވުމަށް، ޖެއްސެވުމަށްފަހު 5505އަށް އެސްއެމްއެސް ކުރެއްވުމުން ޔޫރޯ ޑެއިލީ ޕެކްއަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ. ޔޫރޯ ސީޒަން ޕެކް ނެންގެވުމަށް ޖެއްސެވުމަށްފަހު 5505އަށް ފޮނުއްވުމުން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. #929* އަށް ޑައިލްކުރައްވައިގެންވެސް ކަސްޓަމަރުން ބޭނުންފުޅުވާ ޕެކޭޖްއެއް ނެންގެވޭނެއެވެ.

ސަބްސްކްރައިބް ކުރެއްވުމާއި އެކު، ޔޫރޯގެ މެޗުތައް ބައްލަވާލެއްވުމަށް ބޭނުންވާ ޔޫޒަރ ނޭމަކާއި ޕާސްވޯޑެއް ލިބިވަޑައިގަންނަވާނެއެވެ.
އައިއޯއެސް ޑިވައިސްތަކަށް އެޕްސްޓޯރ އިން އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ގޫގްލް ޕްލޭ މެދުވެރިކޮށް އޯޕަންޓީވީ އެޕް ޑައުންލޯޑްކުރެއްވޭނެއެވެ. ހަމައެއާއި އެކު، www.opentv.mv މެދުވެރިކޮށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.