- އަގުތައް ހުރީ މަތިކޮށް
- ތާޒާ މަސް މަދު
- ތާޒާކޮށް ލިބެން ހުރީ ކުދި މުށި މަސް
ބާޒާރުގައި މިއަދު މަހުގެ އަގުތައް ހުރިގޮތައް ބަލައިލާއިރު މަސްވެރިންގެ މާރުކޭޓުގައި އެންމެ މަދުކޮށް ފެނުނީ ފަރުމަހެވެ. ފަރުމަހުގެ ބާވަތްތަކުގެ ތެރެއިން ކިރިޔާ ވެސް ފެންނަން ހުރީ މާ ރޮނޑެވެ. ހަންދަމާލާފައި އޮތް މާރޮނޑެއްގެ އަގު ހުރީ 40ރ. އަށެވެ. މަސް މާރުކޭޓު ފެނުނީ ފަރު މަސް ނެތް ތަނެއްގެ ގޮތުގަ އެވެ.
މަސް މާރުކޭޓާއި ވަޅޯ މަސް މާރުކޭޓުގައި މިއަދުގެ އަގުތައް ހުރިގޮތައް ބަލާއިރު ބޮޑު ކަޅުބިލަ މަސް ކިލޯއެއް ވިއްކަނީ:
- ބޮޑު މަހެއް 55ރ. އަށް ކިލޯ
- ކަންނެލި ކިލޯއެއް 60ރ. އަށް
- ހިބަރު ކިލޯއެއް 35ރ. އަށް
- މުށި މަސް އާދައިގެ ކުޑަ މަހެއް 5ރ. އަށް
- ރިތް މަސް އާދައިގެ މަހެއް 10ރ. އަށް
- ކުޑަ ގިނި މަހެއް 60ރ. އަށް
- ވަޅާ މަސް 35-120ރ. އަށް މަހެއް، މަސް ވަޅިއެއް
މަސްވެރިން ބުނާ ގޮތުގައި މި ދުވަސްވަރު މާލެ ސަރަހައްދުގައި ކަނޑުމަހުގެ މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅެވެ. ނަމަވެސް މަހުގެ އަގުތައް ދަށަށް ނުދާނެ ކަމަށް މަސްވެރިން ބުނެ އެވެ.
"މަސްވެރިކަން ރަނގަޅު. އެކަމަކު ހިއެއް ނުވޭ މިހާރުގެ އަގު [މަސް ކިލޯއެއް 55ރ.] އަށްވުރެ ދަށްވާނެ ހެނެއް،" މަސް ވިއްކަން ހުރި މީހަކު ބުންޏެވެ.