ރޯދަ މަހާ ރޯއްޖާ

ފުޑް ފެކްޓް: ދޮންކެޔޮ

Jun 14, 2016

ދޮންކޭލަނީ ރާއްޖޭގައި ވަރަށް މަގުބޫލު މޭވާއެކެވެ. ދޮންކޭލުން ހަށިގަނޑަށް ލިއްބައިދޭ މުހިންމު ބައިތަކުގެ ތެރޭގައި އެންމެ ހާއްސަ އެއް ބާވަތަކީ އެނާޖީ އެވެ. ހަށިގަނޑުގެ ހަކަތަ ޖައްސައި، ވަރުގަދަ ކުރުމަށް ދޮންޔެޔޮ ވަރެއް ނެތޭ ވެސް ބުނެވިދާނެ އެވެ.

ދޮންކޭލުގެ ވާހަކަ ފަށާ ހިސާބުން ދޮންވެ، ކަޅު ލައްޖަހާފައި ހުންނަ ދޮންކެޔޮގެ މުހިންމުކަމުގެ ވާހަކަވެސް ލިޔެލާނަ އެވެ. ސައިންސްވެރިންގެ ދިރާސާ އެކެވެ. ދިރާސާއިން ދައްކާ ގޮތުގައި ކަޅު ލައް ޖެހި ދޮންކޭލުން ޓިއުމާ ނެކްރޯސިސް ފެކްޓާ (ޓީއެންއެފް) ނަމަކަށް ކިޔާ މާއްދާއެއް ހޯދާފަ އެވެ. މި މާއްދާއަކީ ކެންސަރު ޖައްސާ ޓިއުމަރުތައް ހަލާކުކޮށްލާ މާއްދާ އެކެވެ.

ރާއްޖޭގައި ދޮންކެޔޮ ނުވަތަ ފަތްކެޔޮ އެންމެ ގިނައިން ހައްދަނީ ކ. ކާށިދޫ އާއި ލ. އަތޮޅުގެ ރައްތަކުގަ އެވެ. ބާޒާރުގައި މިހާރު ދޮންކޭލުގެ އަގުތައް ހުރި ގޮތައް ބަލާއިރު ކުޑަ ދޮންކެޔޮ ވަކެއްގެ އަގު ހުރީ 4ރ. އަށެވެ. އަދި އާދައިގެ ދޮންކެޔޮ ވަކެއް ލިބެނީ ހަ ރުފިޔާ އަށެވެ.