ރޯދަ މަހާ ރޯއްޖާ

ފުޑް ފެކްޓް: އޮރެންޖް

Jun 18, 2016

އޮރެންޖަކީ ރާއްޖޭގައި ހެދޭ އެއްޗެއް ނޫނެވެ. ދުނިޔޭގައި އެންމެ ގިނައިން އޮރެންޖް ހައްދާ ގައުމުތަކުގެ ތެރޭގައި އިންޑިޔާ އާއި އޮސްޓްރޭލިޔާ ހިމެނެ އެވެ. އޮރެންޖުގެ އާއިލާގައި ގިނަ ބާވަތްތަކެއް ހުންނައިރު، މީގެ އެކި ބާވަތްކުގެ އަގުވެސް ވަރަށް ތަފާތެވެ.

އޮރެންޖުގައި ސިއްހީ ގޮތުން ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވިޓަމިން "ސީ" އެވެ. މި ވިޓަމިންގެ ސަބަބުން ރަންގަނޑު ރީތިކޮށްދީ މީހާގެ ދިފާއީ ނިޒާމު ގަދަ ކޮށްދެ އެވެ. އަދި ތާޒާކަން މަތީ ރީތިކޮށް ހުރުމަށް އޮރެންޖުގައި ހިމެނޭ މި މާއްދާ ވާގިވެރިވެ އެވެ.

މީގެ އިތުރުން އޮރެންޖުގައި ހިމެނޭ މުހިންމު އެހެން މާއްދާތަކުގެ ތެރޭގައި ކެލްސިއަމް އާއި ޕޮޓޭސިއަމް ހިމެނެ އެވެ. ރާއްޖޭގެ ބާޒާރުގައި މިހާރު އޮރެންޖުގެ އަގުތައް ހުރި ގޮތައް ބަލާއިރު އޮރެންޖެއްގެ އަގު އުޅެނީ 4.ރ އަށެވެ.