ރޯދަ މަހާ ރޯއްޖާ

ފުޑްފެކްޓް: އަނބު

Jun 12, 2016
1

އަނބަކީ ހީކުރާ ވަރަށްވުރެ ހަށިގަނޑަށް ފައިދާ ހުރި މޭވާ އެކެވެ. ނުރައްކާތެރި އެތައް ބައްޔަކުން ހަށިގަނޑު ސަލާމަތްކޮށް ދޭން އެހީވެދޭނެ މާއްދާތައް އަނބުގައި ހިމެނެ އެވެ. ދިވެހިންގެ ތެރޭގައި އެންމެ އާއްމު އަދި ނުރައްކާތެރި ބައްޔެއް ކަމަށްވާ "ކެންސަރު" ން ސަލާމަތް ވުމަށް އެހީވެދޭ މުހިންމު މާއްދާއެއް ކަމަށްވާ "ވިޓަމިން ސީ" އަނބުގައި ހިމެނެ އެވެ.

މީގެ އިތުރުން އަނބުގައި ހިމެނޭ މުހިންމު އަނެއް މޮޅު ކަމަކީ ހަންގަނޑު ރީތިކޮށް ހުރުމެވެ. އަނބެއްގެ 60 ޕެސެންޓަކީ "ވިޓަމިން އޭ" އެވެ. އެހެންވެ އަނބުގެ ސަބަބުން ރަންގަނޑު ރީތިކޮށް ހުރުމަށް އެހީވެދެ އެވެ. ކެއުމުގެ އިތުރުން، ދޮން އަނބު، މޫނުމަތީގައި އުނގުޅުމުން މޫނުގައި ހުންނަ އޮށާޅަ ފަދަ އެއްޗެހި ފިލުވައިދެ އެވެ.

ރާއްޖޭގައި އެންމެ ގިނައިން އަނބު ހައްދަނީ ޏ. ފުވައްމުލަކާއި ލ. އަތޮޅު އަދި ތ. ކަނޑޫދޫގެ އިތުރުން ކ. ކާށިދޫގަ އެވެ. ނަމަވެސް އެންމެ އާއްމު އަނބަކީ ފުވައްމުލަކު ދޮން އަނބެވެ. ބާޒާރުގައި އާއްމު ގޮތެއްގައި ދޮން އަނބެއް އުޅެނީ 15ރ. އަށެވެ. އަދި ބައެއް ފަހަރު 6 އަނބުގެ ބައެއް 100ރ. ވަރަށްވެސް ވިއްކަ އެވެ.