ބޭރު ކުޅިވަރު

އިނގިރޭސި، ރަޝިޔާ ސަޕޯޓަރުން ތަޅާފޮޅައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލަން ފްރާންސަށް ދިޔަ އިނގިރޭސި ސަޕޯޓަރުން ރަޝިޔާ ސަޕޯޓަރުންނާއި ފްރާންސްގެ ފުލުހުންނާ ކުރިމަތިލައިފި އެވެ.

މިކަން ހިނގީ ރަޝިޔާ އަތުން އިނގިރޭސިން ރޭ 1-1އިން އެއްވަރުވި މެޗުގަ އެވެ. މެޗަށް ފަހު ސަޕޯޓަރުންގެ މެދުގައި ހޫނުވީ ރަޝިޔާގެ ބައެއް ސަޕޯޓަރުން އިނގިރޭސިން ތިބި ސަރަހައްދަށް ވަނުމުންނެވެ.

މެޗަށް ފަހު ފްރާންސްގެ ފުލުހުންނާ ދިމާކޮށްލުމުން މަސްރަހު ހަމައަކަށް އެޅުވީ ކަރުނަ ގޭހާއި ފެން ޖަހައިގެންނެވެ. މި ހާދިސާއި އިނގިރޭސި އެކަކަށް ވަރަށް ބޮޑަށް އަނިޔާގެ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއީ ފްރާންސްގެ ފުލުހުންނާއި އިނގިރޭސި ސަޕޯޓަރުން ކުރިމަތިލި ތިން ވަނަ ދުވަހެވެ.

ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ މުބާރާތް ބަލަން އެ ގައުމަށް އައިސްފައިވާ އިނގިރޭސިންގެ އުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށާއި އިނގިރޭސިންގެ އަމަލުތައް ހުރީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަމަށެވެ.

އިއްޔެއިން ފެށިގެން އެއް މަސް ދުވަހަކަށް ކުރިއަށްދާ މުބާރާތް ފްރާންސްގައި ކުރިއަށްދާއިރު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެގައުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެއީ ނޮވެމްބަރު މަހު ޖަރުމަނަ ދެކޮޅަށް ފްރާންސްގެ ކުޅުނު މެޗުގައި ދަނޑުން ބޭރުންނާއި ވެރިރަށް ޕެރިހުގެ އެކިހިސާބުތަކަށް ޓްރަރިސްޓް ހަމަލާތައް ދިނުމާ ގުޅިގެންނެވެ.