ޕާކިސްތާން

ތާލިބާނުންނަށް ހަމަލާދޭން ޕާކިސްތާނުން އެމެރިކާއަށް ގޮވާލައިފި

އަފްގާނިސްތާނުގައި ތިބި ޕާކިސްތާނަށް ނިސްބަތްވާ ތޯލިބާން ޖަމާއަތުގެ ލީޑަރު މުއްލާ ފަޒުލުﷲ އާ ޕާކިސްތާނަށް ނިސްބަތްވާ އެހެން ހަނގުރާމަވެރިންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއްދޭން ޕާކިސްތާނުގެ އަސްކަރީއްޔާގެ ލީޑަރު ޖެނެރަލް ރަހީލް ޝަރީފް އެމެރިކާއަށް ގޮވާލައިފި އެވެ.

ރަހީލް މިކަމަށް އެދިވަޑައިގަތީ މިދިޔަ ހުކުރު ދުވަހު، އަފްގާނިސްތާނުގެ ރިސޮލިއުޓް ސްޕޯޓް މިޝަންގެ ކޮމާންޑާ ޖެނެރަލް ޖޯން ނިކޮލްސަން އަދި އެމެރިކާއިން އަފްގާނިސްތާނަށާއި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ރިޗާޑް އޮލްސަން އާއެކު ބޭއްވެވި މަތީ ފެންވަރުގެ ބައްދަލުވުމެއްގަ އެވެ. މިއީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަފްގާން ތޯލިބާން ލޯޑަރު މުއްލާ މަންސޫރު މަރާލި ފަހުން ބޭއްވި މި ފެންވަރުގެ ފުރަތަމަ ބައްދަލުވުމެވެ.

ތޯލިބާން ޖަމާއަތުގައި ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންދާތީ ޖެނެރަލް ރަހީލް ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ޕާކިސްތާނު ހަނގުރާމަވެރިންގެ އަދަދު މަދުކޮށްގެން ނޫނީ ދެގައުމު ދެމެދު ކުރިން އިތުބާރު އަލުން ގާއިމްނުކުރެވޭނެ ކަމަށެވެ.

ތޯލިބާނުން އަފްގާނިސްތާނުގައި ދެމުންދާ ހަމަލާތަކުގައި އެތައް މަރުވެ އެތައް ބަޔަކުވަނީ ޒަހަމްވެފަ އެވެ.