ވިޔަފާރި

އެމްޓީސީސީގެ ސީއީއޯ އާއި އެމްއާރުޑީސީގެ އެމްޑީ މަގާމުން ވަކިކޮށްފި

Jun 12, 2016
4

މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އެމްޑީ، އިބްރާހިމް ނަޒީމް އާއި އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް އެ ކުންފުނީގެ މަގާމުތަކުންނާއި ބޯޑުން ވަކިކޮށްފި އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައުޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެމްޓީސީސީގެ ސީއީއޯ ކަމުން ހަލީމް ވަކިކޮށްފައިވާ އިރު އެ ކުންފުނީގެ ބޯޑްގައި އިންނެވި، ސިނާން އަލީ ވެސް ބޯޑުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ އަކީ ސަން މީޑިއާ ގްރޫޕްގެ ސީއީއޯ އެވެ. އެމްއާރުޑީސީގެ އެމްޑީ، ނަޒީމް މަގާމުން ވަކިކުރި އިރު ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އޭސީސީ އިން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

ހަލީމް އާއި ސިނާން ވަކިކުރި ސަބަބެއް ނޭނގެ އެވެ. ސިނާން އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެއްގެ އިތުރުން އެމްޑިއޭ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވަރަށް ގާތްބޭފުޅެކެވެ.