ކުޅިވަރު

ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބު އަތުން މާޒިޔާއަށް މޮޅެއް

މައިލޯ ވެޓަރަންސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގެ މައްޗަށް 2-1 ނަތީޖާއިން މާޒިޔާ ކުރި ހޯދައިފިއެވެ.

ކުޅިވަރު އެކުވަނިގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ސިފައިންގެ ކުލަބެވެ. މެޗްގެ 23 ވަނަ މިނެޓްގައި ސިފައިންގެ ކުލަބަށް ލީޑް ނަގައިދިނީ ޢަބްދުﷲ ނަޞިރުއެވެ.

މާޒިޔާއަށް މެޗް އެއްވަރުކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަލީ ނަޞީރެވެ. މާޒިޔާ މޮޅުކޮށްދިން ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ޝާފިއުއެވެ.