ބޭރު ކުޅިވަރު

ޖެހިޖެހިގެން ހަތަރުވަނަ މެޗުން ތުރުކީ ބަލިވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތުރުކީ މިރޭ ބަލިވެއްޖެ އެވެ.

ތުރުކީ މިރޭ ބަލިވީ ކްރޮއޭޝިޔާގެ ލޫކާ މޮޑްރިޗް ޖެހި ހަމައެކަނި ގޯލުންނެވެ.

ތުރުކީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު 1996 އާއި 2000 އަދި 2008 ވަނަ އަހަރު ވެސް އެގައުމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.

ގިނަ ފުރުސަތުތަކެއް ލިބި ކްރޮއޭޝިޔާ އަށް ގޯލުތަކެއް ނުޖެހުނު މި މެޗަށް ފަހު މި ދެ ގައުމަށް ވެސް ގްރޫޕުގައި ބާކީ އޮންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭނާއި ޗެކްރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗެވެ.