ވިޔަފާރި

ރަސްފަންނު އިތުރަށް ތަރައްގީ ކުރަނީ! ޝޮޕިން މޯލްއަކާއި ހޮޓަލެއް

Jun 13, 2016
1
0%
0%
0%

ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ، ރަސްފަންނު ކުރިމަތިން އޮންނަ ހުސްބިމުގައި ޝޮޕިން މޯލަކާއި ހޮޓަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލޭގައި މި ވަގުތު ރީޓެއިލް ވިޔަފާރިކުރަން ބޮޑު ޝޮޕިން މޯލެއް ނެތް ކަމަށާއި ހާއްސަކޮށް މަތީ ފެންވަރުގެ ބްރޭންޑުތަކުގެ ތަކެތި ވިއްކާ ފިހާރަތަކެއް ނެތް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މާލޭގައި ދިރިއުޅޭ ބޮޑު އާބާދީއަށާއި މާލެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މަތީ ފެންވަރު ތަކެތި ވިއްކާ ފިހާރަތަކެއް ހިމެނޭ ގޮތަށް މަޝްރޫއެއް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޝޮޕިން މޯލާއި ހޮޓަލް ކުއްޔަށްދެނީ 50 އަހަރަށެވެ.

މި މަޝްރޫއަށް ޕްރޮފޯސަލް ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ ކުރިންނެވެ. މި ތަނުގައި ތަރައްގީކުރަނީ 70،000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިމާރާތް ހެދޭނީ އެކަމަށް ކަނޑައަޅާފައިވާ ބިމުގެ 80 ޕަސެންޓުގައި ކަމަށާއި، އަދި އެންމެ އުސްވެގެން އިމާރާތްކުރެވޭނީ 60 މީޓަރުގައި ކަމަށެވެ. އަދި އެންމެ ތިރީ ގްރައުންޑް ފްލޯގައި ނުވަ މީޓަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއަކާއިއެކު 20 ޕަސެންޓުގައި ހުސް ޖާގަ އޮންނަން ވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އީސަ ކުޑޭ

70،000 އަކަފޫޓް ބިމެއްގައި 50 އަހަރަށް ކުރަންފަށާ އިންވެސްޓްމެންޓަކަށް ޕްރޮޕޯސަލް ހުށައެޅުމަށް 9 ދުވަސް؟ އާޔޫ ކިޑީން މީ؟ މީގެ މާނައަކީ މިހާރު މިކަން ވަނީ ވަކިބަޔަކަށް ދީ ނިމިފައޭ، އެކަމަކު އޭސީސީ ވަންނާނެ ތިން އިއުލާނު ކުރިއްޔޭ. އެހެންނަމަ، ބޭރުގެ ފަރާޓްތަކާއި ގުޅިގެންވެސް ތިތަނަށް ކުރިމަތިލާނެ ސަޅި ކުންފުނިތައްވާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345