ބޭރު ކުޅިވަރު

ޔޫރޯގައި އަލްކަހޯލް މަނާކޮށްފި، އިނގިރޭސި ސިފައިން ފްރާންސަށް!

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ސަޕޯޓަރުން ހަމަނުޖެހުން ހިންގާތީވެ އެ ގައުމަށް އިނގިޭސީ ސިފައިން ފޮނުވުމުގެ ހުއްދަ އަށް ފްރާންސްގައި އެދެފި އެވެ.

އިނގިރޭސި ސަރުކާރުން މި ގޮތަށް އެދުނީ އިނގިރޭސި ސަޕޯޓަރުން ފްރާންސްގެ ފުލުހުންނާ ޖެހިޖެހިގެން ތިން ދުވަސްވަންދެން ކުރިމަލިލާފައިވަނިކޮށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެރޭ ރަޝިޔާއާ އަތުން 1-1އިން އެއްވަރުވި މެޗަށް ފަހު ދަނޑުގައި ދެ ފަރާތުގެ ސަޕޯޓަރުން ވަނީ ތަޅާފޮޅާފަ އެވެ. މިކަމާހެދި އިތުރަށް ހަމަނުޖެހުން ހިންގައިފިނަމަ އިނގިރޭސީންނާއި ރަޝިޔާ މުބާރާތުން ވަކިކުރާނެ ކަމަށް ޔޫއޭފާއިން ވަނީ އިންޒާރުދީފަ އެވެ.

މުބާރާތް ކުރިއަށްދާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ފްރާންސްގައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. އެއީ ހުސްވި ނޮވެމްބަރު މަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު މުބާރާތުގެ ތެރޭގައި އެފަދަ ހަމަލާއެއް ދީފާނެތީ އެވެ.

އަދި ސަޕޯޓަރުންގެ ހަޅުތާލުތައް މާބޮޑަށް ގިނަވާން ފެށުމުން އަލްކަހޯލް ބުއިންތައް ދަނޑުތަކާއި ފޭންޒޯންތަކާ ކައިރި ހިސާބުތަކުން ނުވިއްކަން ފްރާންސްގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ނިންމުމާއެކު ގައުމުގެ މަތީ ފަންތީގެ މީހުންނަށް ވެސް ވަނީ އެމީހުންގެ ގޭގޭގެ ޓްރަސް ފަދަ ތަންތަނުގައި މިފަދަ ބުއިންތައް ބޭނުންކުރުން މަނާކޮށްފަ އެވެ. މިއީ ވެސް ސަލާމަތީގޮތުން އެޅިފިޔަވަޅެކެވެ.

ނަމަވެސް މިފިޔަވަޅާ ގުޅިގެން ރަޝިޔާއިން ވަނީ ފާޑުކިޔާފަ އެވެ. އެ ގައުމުން ބުނީ މިއީ ހައްލެއްނޫން ކަމަށާއި ނިންމުން ތަންފީޒު ވެސް ނުކުރެވޭނެ ކަމަށެވެ. އަދި މައްސަަލަ އަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ހަމަލާދެމުން ދިއުން ކަމަށާއި އިނގިރޭސީންނާއި ރަޝިޔާގެ ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެގެން ކަމަށެވެ. އަދި އެމީހުންނަށް ހަމަލާދޭ ކޮންމެ މީހަކަށް ވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހަމަލާދޭނެ ކަމަށް ވެސް ރަޝިޔާ އާއި އިނގިރޭސި ސަޕޯޓަރުން ވަނީ ބުނެފަ އެވެ.