ބޭރު ކުޅިވަރު

ރާމޯސް، މޮރާޓާގެ އިސްތަށިގަނޑު ކޮށައިދީފި، ނަސީބު އެހީވާނީ ކިހާވަރަކަށް؟

ސްޕޭނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް، އެ ޓީމުގެ އަލްވާރޯ މޮރާޓާގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލައިފި އެވެ.

މިއަދު އިރުއޮއްސޭއިރު ޗެކްރިޕަބްލިކާ ދެކޮޅަށް ނުކުންނަ ސްޕޭން ޓީމުގައި ހިމެނޭ މި ދެ ކުޅުންތެރިން ވަނީ ބޯކޮށަން ތިބި މަންޒަރުގެ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.

ރާމޯސް ފަހުން ބުނެފައިވަނީ އޭނާ ކޮށާދީފައިވާ ގޮތް ރީތިތޯ އެވެ؟

މިކަމާ ބެހޭ ގޮތުން ފޯވަޑް މޮރާޓާ ބުނީ ޗެކް ރިޕަބްލިކާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ރާމޯސް ލައްވައި ބޯކޮށުވީ މުހިންމު ސަބަބެއް އޮވެގެން ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން ރާމޯސް ލައްވައި އަހަރެންގެ ބޯކޮށުވި ފަހުން އަހަރެން ވަރަށް ގިނަ ގޯލުތައް ޖަހަން ފެށި. އެހެންވެ މި ފަހަރު ވެސް ނަސީބު އެހީތެރިވާނެ ކަމެއް ކަމަށް ބަލައިގެން އޭނާ ލައްވައި ކޮށުވީ. އެހެންވިމަ ހިނގާ ބަލަން ތިބެމާ،" އިޓަލީގެ ޔުވެންޓަސް އަށް މިހާރު ކުޅެމުން އަންނަ ފޯވަޑް ބުންޏެވެ.

ރާމޯސް އާއި މޮރާޓާ އަކީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ދެ ކުޅުންތެރިންނެވެ.