ހަބަރު

މަސް ހިފަން ދިޔަ ދެމީހަކު ގެއްލިގެން ހޯދަނީ

މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކަނޑުއޮޅިއަށް މަސްބާނަން ދިޔަ ދެމީހަކު ހަބަރެއް ނުވެ ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ގާތްގަނޑަކަށް 11:40 ހާއިރު މަސް ހިފަން ދިޔަ ދެ މީހަކަށް ވީނުވީއެއް ނޭނގިގެން އުޅޭ ކަމުގެ ހަބަރު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަޙައްދަށް ގޮސް އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ ދެ ދިވެހީން ކަމަށެވެ.

މަސް ހިފަން ދިޔަ ދެމީހުންނަކީ މާލެއިން އެ ސަރަހައްދަށް ދިޔަ ދެމީހުން ކަމެއް ވެސް އަދި އެއީ ކޮން ރަށެއްގެ ބައެއްގެ ބައެއް ކަމެއް ވެސް ސާފުވެފައެއް ނުވެއެވެ.