ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކަށް ހާޒިރު ކުރަންޖެހޭ މީހަކު މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައި ނުވާތީ އާއި ހޯދައި ނުފެނިފައިވާތީ ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އާންމު ކުރި ފޮޓޯއިން ފެންނަ މީހާ މައުލޫމާތު ހުރިނަމަ އެ މައުލޫމާތެއް ހިއްސާ ކުރުމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި މީހާއަކީ ބިދޭސީއެކެވެ. އޭނާ ހާޒިރު ކުރަން ފުލުހުން މަސައްކަތް ކުރަނީ ތަހުގީގު ކުރަމުން އަންނަ މާރާމާރީ އަކާ ގުޅޭ މައްސަލައެއްގެ ތަހުގީގަށެވެ.