ގްލޯބަލް ސްޓްރެޓަޖީ އަދި ދިފާއީ ގޮތުން އިންޑިއާއަކީ އެމެރިކާގެ ހާއްސަ ބައިވެރިއަކަށ ހަދަން އެމެރިކާގެ ސެނެޓަށް ހުށަހެޅި ބިލަށް ސެނެޓުން ނޫނެކޭ ބުނެފި އެވެ.
އިންޑިއާއާށް އެމެރިކާގެ ހާއްސަ ބައިވެރިއެއްގެ މަގާމު ދިނުމަށް ބިލެއް ހުށަހެޅީ މިދިޔަ ހަފުތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސެނެޓްގެ ރިޕަބްލިކަން ޕާޓީގެ މެންބަރު ޖޯން މެކެއިންއާއެކު ކުރެއްވި މަޝްވަރާތަކަށްފަހު އެވެ.
އެމެރިކާގެ ދިފާއި އޮގަނައިޒޭޝަނާބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހް ފާސް ވިނަމަ އެމެރިކާގެ އެކްސްޕޯޓްގެ ކޮންޓްރޯލުގައި އިންޑިއާއަށް ހާއްސަ އަހަމިއްޔަތެއް ލިބިގެންދާނެ އެވެ.
އެމެރިކާގެ ހާއްސަ ބައިވެރިއެއްގެ ފުރުސަތު ނުލިބުނު ނަމަވެސް މީގެ ކުރިން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ މޯދީ ކުރެއްވި މަޝްވަރާ ތަކުގައި އިންޑިއާގެ ދިފާއީ ބައިވެރިއެއްގެ މަގާމު އިންޑިއާއަށް ދިނުމަށް ވަނީ އިއުލާންކޮށްފަ އެވެ.