ހަބަރު

އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހޯދަނީ

އައްޑޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ގުރޫޕް މާރާމާރީއާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައިވަނީ ސ. ހިތަދޫ، ބްލޫބާރޑް، ހޫދު ލަތީފް (20އ) އާއި ސ. ހިތަދޫ، ހުދުފިޔަ، އިބްރާހީމް ހާރިޝް ހުސައިން (24އ) އެވެ. ފުލުހުން ބުނީ މި ދެ މީހުންނަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށެވެ.

މި މާރާމާރީގައި ފަސް މީހަކު ޒަހަމްކޮށްލާފައިވެ އެވެ. މީގެކުރިން މި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.