އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ އިސްވެރިން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އިސްވެރިންނާއި، މުވައްޒަފުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި އެވެ. މި ޒިޔާރަތުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސިލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މެނޭޖްމަންޓު، އަދި ލެކްޗަރާއިން ބައިވެރިވި އެވެ.

މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ ދީނީ ގޮތުން ހުންނަ ރޯދަ އާއި އަދި އެހެނިހެން ކަންތައްތަކާއި ގުޅޭގޮތުނން އައިޔޫއެމްގެ އިލްމުވެރިންގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ޔުނިވަސިޓީން މައުލޫމާތު ދެ އެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާތީ މިކަމުގެ ރިވެތި އަދާ މުޖުތަމައުގައި އަށަގެންނެވުމުގެ މާތް މަގުސަދުގައި ކަމަށެވެ.

މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު އަދި މައުލޫމާތުތަކެއް ފޯރުކޮށްދެވުނު ޕްރޮގްރާމެއް ކަމަށާއި މިއަދުގެ ޒިޔާރަތުގައި އިސްލާމިކް ބޭންކާއި، އިސްލާމީ ޔުނިވާސިޓީ ގުޅިގެން ބަލިމީހުންނަށް ހަދިޔާ ދީފައިވެ އެވެ. އޭގެ ތެރޭގައި މުސްހަފް، މުސައްލަ، ދީނީ ފޮތް އަދި ބަލި މީހުންނަށް ހާއްސަ ލީފްލެޓް ހިމެނެ އެވެ.