ސުޕްރީމް ކޯޓް

ނާޒިމްގެ މައްސަލައިގެ މަޖިލީހެއް ތާވަލްކޮށްފި

Jun 18, 2016

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވެވި އިސްތިއުނާފުގެ މައްސަލާައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފި އެވެ.

ނާޒިމުގެ މައްސަލާގައި ބާއްވާ މި އަޑު އެހުމުގެ މަޖިލިސް އޮންނާނީ އެ ދުވަހުގެ ހެނދުނު 11.00 ޖަހާއިރު އެވެ. އެ ދުވަހު އޮންނާނީ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރަން ޖެހޭ ކަމަށް ނާޒިމްގެ ވަކީލުން ބު ދެއްކި ވާހަކަތަކަށް ދައުލަތުން ޖަވާބު ދިނުމެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައާ ގުޅިގެން ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗްމަހު އެވެ.