ޔޫރޯ 2016

ފަހު ވަގުތު ވަން ގޯލުން، އައިސްލެންޑަށް އުންމީދު ކުޑަ ވެއްޖެ

Jun 18, 2016

ޕެނަޓީއަކުން ލަނޑެއް ޖަހައި މެޗުން މޮޅުވާން ދަނިކޮށް، ފަހު ވަގުތު ބައިކޮޅަށް ވަން ބައި ގޯލުން އައިސްލެންޑަށް މުބާރާތުގައި ކުރިއަށް ދިއަށްދާން ހުރަސް އެޅި އުންމީދު ކުޑަ ވެއްޖެއެވެ.

އަމިއްލަ ހާފުގައި ފާރަކަށް ވެގެން އައިސްލޭންޑް ކުުޅުނު މެޗްގެ ފަހު ވަގުތުގައި މެޗް އެއްވަރުވުމުން ހެންގޭރީއަށް ވަނީ ހިތްހަމަޖެހުން ލިބި ދެ ވަނަ ބުރަށް ދިއުމުގެ އުންމިދު އާކޮށްފައެވެ. އަދި މިލަނޑާއެކު މި މުބާރާތުގައި ފަހުވަގުތު ޖަހަމުން އައި ލަނޑުގެ އަދަދު 16 އަށް އެރީ އެވެ.

މި މިރޭގެ މެޗުން ހަންގޭރީ މޮޅުވި ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް މުޅީން ކަށަވަރުވާނެ އެވެ.

ވަރުގަދަ ޑިފެންސިވް ގޭމަކާއެކު، ކުޅެމުން ދިޔަ ރާއްޖޭގެ އާބާދީއާ އެއްވަރު އާބާދީއެއް އޮތް އައިސްލެންޑަށް ލީޑް ނަގައިދިނީ މެޗްގެ 39 ވަނަ މިނެޓް އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ސިގްރޯސަންއެވެ.

މެޗް 87 ވަނަ މިނެޓްގައި އައިސްލެންޑް އަތުން ބައިކޮޅަށް ގޯލެއް ވަނީ ހަންގޭރީއިން އުފެއްދި ނުރައްކާތެރި ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސީވާސަން އަތުން ބައިކޮޅާށް ވަން ގޯލެކެވެ.

މިމެޗުން އެއްވަރުވުމުން ހަންގޭރީ އޮތީ ހަތަރު ޕޮއިންޓާއެކު ގުރޫޕް އެއް ވަނައިގަ އެވެ. އައިސްލެންޑް ދެ ޕޮއިންޓާއެކު ދެ ވަނައިގަ އެވެ.

ގުރޫޕް "އެފް" ގައި ރާއްޖޭ ގަޑިން މިރޭ 12:00 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ އައިސްލެންޑް އަތުން އެއްވަރުވި ވަރުގަދަ ޕޯޗްގަލްއާއި ހަންގޭރީ އަތުން ބަލިވި އޮސްޓްރިއާ އެވެ.