ހަބަރު

ފެން ކުންފުނިން ފިޔަވައްޗަށް އޭސީ ހަދިޔާކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލޭގައި ފިޔަވަތި ހިޔާއަށް ނުވަ އޭސީ ހަދިޔާ ކޮށްފި އެވެ.

މި އޭސީތައް ރަމްޒީގޮތުން ޖެންޑާ މިނިސްޓްރީ އާ ހަވާލުކުރީ މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައ ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާޙިމް ފަޒުލް ރަޝީދު ވިދާޅުވީީ މިއަދު ހަވާލުކުރި އޭސީތަކުގެ އަގު 80،000ރ. އަށްވުރެ މައްޗަށް އަރާ ކަމަށެވެ. މި އޭސީތައް އިންސްޓޯލް ކުރާނީ ވެސް ފެންކުންފުނިންނެވެ.

އެ ކުންފުނިން ބުނީ އެމްޑަބްލިއުއެސްސީ އިން މަސައްކަތް ކުރަނީ ކުންފުނީގެ ފައިދާ އިތުރު ކުރަން އެކަނި ނޫން ކަމަށާއި ސީއެސްއާރަށް ވެސް އިސްކަން ދޭކަމަށެވެ. އަދި ވިދާޅުވީ އެއީނަމޫނާ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިޔަވަތީގައި ނުވަ އަހަރުން ދަށުގެ 82 ކުދިން ތިބެ އެވެ.