މީޑިއާނެޓް

މީޑިއާނެޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފި

މީޑިއާނެޓްގެ ކޭބަލްޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.

މީޑިއާ ނެޓުން ބުނީ މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުމާއެކު ހުރިހާ ރަށަކަށް ވެސް މީޑިއާ ނެޓުގެ ޗެނަލްތައް ލިބޭނެ ކަމަށާއި ހިދުމަތް ލިބޭނީ ލޯކަލް އޮޕަރޭޓަރުން މެދުވެރިކޮށް ކަމަށެވެ. ހިދުމަތް އަލަށް ދޫކުރި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ލ. އާއި ބ. އަތޮޅާއި ށ. އާއި ހއ. އާއި ނ. އާއި ގއ. އާއި ގދ. އާއި އއ. އާއި އދ. އާއި ދ. އާއި އަދި ރ. އަތޮޅެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރިން ވެސް ހިދުމަތް ލިބެ އެވެ.