އަލްބޭނިޔާ

އަލްބޭނިއާ ކުޅުންތެރިން "މިލިއަނަރުން"ނަށް!

Jun 21, 2016

ގުރޫޕް އޭ ގެ ފަހު މެޗުގައި ރޮމޭނިއާ ދެކޮޅަށް 1-0 މޮޅުވި މެޗަކީ ބޮޑު މުބާރަތެއްގައި އަލްބޭނިއާ ހޯދި ފުރަތަމަ މޮޅެވެ. އެ މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ވަރުގަދަ ފްރާންސް ސްވިޒަލެންޑް ފަހަތުން އަލްބޭނިއާއަށް ލިބުނީ ތިން ވަނަ އެވެ.

ޔޫރޯގައި ހޯދި ފުރަތަމަ މޮޅާއެކު އެޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ބޯނަސްގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދޭނެ ކަމަށް އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރެމީ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާ ހިސާބުން ނިމުނީ އަކީ ނޫނެވެ. މުޅި ޓީމަށް ޑިޕޮލޮމެޓިކް ޕާސް ޕޯޓް ދޭނެ ކަމަށްވެސް ރެމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު މުޅި ޓީމަށް އެ ވަރުގެ ޝަރަފެއް ހައްގުވާ ކަމަށެވެ.

މެޗުން މޮޅުވުމުން އަލްބޭނިއާގެ ރައްޔިތުން އުފާ ފާޅު ކުރަމުންދަނީ ބޮޑު މުބާރާތެއް އެމީހުންނަށް ކާމިޔާބު ކެރެވުމުން އުފާ ފާޅު ކުރާ ގޮތަށެވެ.

"މީ ވަރަށް އާދަޔާ ޚިލާފު އުފަލެއް. މު މުބާރާތުގައި އަހަރެމެން ފާހަގަވާ ބަޔަކަށް ހަދައިފިން،" އަލްބޭނިއާގެ ގައުމީ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަމުން އެޓީމުގެ ޑިފެންސިވް މިޑްފީލްޑާ އެންޑީ ލިލާ ބުންޏެވެ.

ރޮމޭނިއާ ކޮޅަށް ލަނޑު ޖެހި އާމޮޑޯ ސެޑިކްއަކީ އަލްބޭނިއާގައި މިހާރު ބަތޮލެކެވެ. އޭނާއަށް ޚައްސަ ޝަރަފެއް ދިނުމަށްވެސް ވަނީ ހަަމަޖައްސާފަ އެވެ. އެ ޝަރަފާއެކު އޭނާއަށް ދޭ ބޯނަސް ޑަބަލްވާނެ ކަމަށްވެއެވެ.

އަލްބޭނިއާގެ ސަޕޯޓަރުންގެ ލޯބި ލިބުނު އެކަކީ އެޓީމުގެ ކޯޗް އިޓަލީގެ ޖިއާނީ ޑިބައިސީއެވެ. އިޓަލީގެ އުދިނޭސީއާއި ސްޕެއިންގެ ލެވަންޓޭއަށް ކުރިން ކޯޗްކޮށްދީފައިވާ ޑިބައިސި ބުނީ ރޮމޭނިއާ އަތުން ލިބުނު މޮޅަކީ ގިނަ ދުވަސްތަކަކަށް ހަނދާނުގައި ހުންނާނެ ކަމެއް ކަމަށެވެ.