ބޭންކް އޮފް މޯލްޑިވްސް އިން ޔޫރޯއާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ.
ފުރަތަމަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އާއިޝަތު ނަސްމާ އާއި ލަކްސްމަން ލީލާ ޕާންޑޭ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ބޭންކުގެ ފޭސްބުކް ޕޭޖް އަށް ލައިކްކޮށް އަދި ހަމައެހެންމެ ބޭންކުގެ ޓްވިޓަރ އެކައުންޓް ފޮލޯކޮށްގެންނެވެ. ކޮންމެ ހަފްތާއަކު މިއިން ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ނަސީބުވެރިއަކު ހޮވައި 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3000 ޑޮލަރު ލިބިގެންދާނެ އެވެ. ބޮޑު އިނާމުގެ ގުރުއަތުލުން އޮންނާނީ ޔޫރޯ މުބާރާތަށްފަހުގަ އެވެ.
ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ޔޫރޯގެ ފޯރި ގަދަ ކަމަށެވެ.
"ރާއްޖޭގައި ވެސް ޔޫރޯގެ ފޯރި އޮތްއިރު އަޅުގަނޑުމެންގެ ޓީމްތެރޭގައި ވެސް މި ފޯރި އެބައޮތް. އަޅުގަނޑުމެން ބޭނުންވީ މި ޕްރޮމޯޝަންގެ އިނާމަކަށް ވީހާވެސް މުބާރާތާ ގުޅޭ އަދި އިނާމު ލިބޭ ފަރާތަކަށްވެސް އަގުހުރި އިނާމެއް ދިނުމަށް. މުބާރާތް ތެރޭގައި ޕެރިހުގެ ހިތްގައިމު މަންޒަރުތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އަޅުގަނޑުގެ އުއްމީދަކީ ނަސީބުވެރި ފަރާތުން ޕެރިހުގައި ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރާނެކަމަށް" ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލްގެ ހިދުމަތްތައް ދަނީ ފުޅާ ކުރަމުންނެވެ. މިހާރު މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބޭންކް ބްރާންޗާއި 76 އޭޓީއެމް އަދި 3200 ޕީއޯއެސް މާޗަންޓުންގެ އިތުރުން 177 ކޭޝް އޭޖެންޓުނާއި 14 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން ހިދުމަތް ދެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން "މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިން ދި އިންޑިޔަން އޯޝަން" ގެ ޝަރަފްވެރި އެވޯޑު ލިބިފަ އެވެ.