ބޭރު ކުޅިވަރު

ބްރެޒިލްގެ ކޯޗުކަން ޓިޓޭ އަށް

ހުސްވެފައިވާ ބްރެޒިލްގެ ގައުމީ ކޯޗުކަން ޓިޓޭ އަށް ދީފި އެވެ.

އޭނާ އަށް ގައުމީ ކޯޗުކަން މިދިނީ މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓުމުން ކޯޗުކަމުން ކުރީގެ ކެޕްޓަން ކާލޮސް ޑުންގާ ވަކިކޮށްފަ އެވެ.

ބްރެޒިލްގެ ކޮރިންތިއަންސްގެ ކޯޗަކަސް ހުރި ޓިޓޭ ވަނީ ހުސްވި ދެ އަހަރު އެ ގައުމުގެ ލީގު ކޮރިންތިއަންސަށް ކާމިޔާބުކޮށްދީފަ އެވެ.

އޭނާގެ އެންމެ ބޮޑު ޓާގެޓަކަށްވާނީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަސް ބްރެޒިލް ކޮލިފައިކޮށްދިނުމެވެ.

ކޯޗުކަމާ ހަވާލުވުމަށްފަހު ޓިޓޭ ބުނީ "މިއީ އުއްމީދުކޮށްގެން ހުރި ވަޒީފާއެއް،" ކަމަށާއި އަދި މިއީ ގައުމުގެ އެންމެ ބޮޑު ވަޒީފާކަން ވެސް އޭނާ އަށް އެނގޭ ކަމަށެވެ.