ބޭރު ކުޅިވަރު

ރޮނާލްޑޯގެ ދެ ލަނޑުން ޕޯޗުގަލް ދެ ވަނަ ބުރަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު ޕޯޗުގަލް އަށް ޔޫރޯ ފުޓްބޯޅާ މުބާރާތުގެ ދެ ވަނަ ބުރަށް ހިނގައްޖެ އެވެ.

ގްރޫޕް އެފްގެ މެޗުތައް ނިމުނުއިރު ޕޯޗުގަލް އަށް ލިބުނީ ގްރޫޕްގެ ތިން ވަނަ އެވެ. އެއީ މިރޭ ހަންގޭރީއާ ވާދަކޮށް 3-3 އިން އެއްވަރުވުމުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ޖެހީ ލުއިސް ނާނީ އެވެ. އޭގެ ފަހުން ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ވަނީ ޔޫރޯގައި އެލަން ޝިއަރާ ޖަހާފައިވާ ހަތް ގޯލާ ހަމަކޮށްފަ އެވެ.

މި ގްރޫޕުގެ އެއްވަނަ ލިބުނީ ފަސް ޕޮއިންޓާއެކު ހަންގޭރީ އަށެވެ. ދެ ވަނަ އައިސްލޭންޑަށް ލިބުނީ ފަސް ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ޕޯޗުގަލް އަށް ލިބުނީ ތިން ޕޮއިންޓާއެކުގަ އެވެ. ގްރޫޕުގެ ފުލަށް ދިޔައީ އޮސްޓްރިއާ އެވެ. އެއްވަނަ ހޯދި ހަންގޭރީ ކުޅެން ޖެހޭ ޓީމެއް ފައިނަލްވާނީ ގްރޫޕް އީގެ ފަހު މެޗުގައް މިރޭ 12 ޖަހާއިރު ފަށައި ކުޅެ ނިމުމުންނެވެ.