ދިވެހި ޕްރެމިއާ ލީގް

ފަސް އަހަރު ފަހުން ނިއުއަތުން ވިކްޓަރީ ޕޮއިންޓެއް ހޯދައިފި

Jun 23, 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅާށް ކުޅުނު މެޗް އެއްވަރުކޮށް، ލީގްގައި ވިކްޓްރީއިން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.

މިރޭގެ މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އަދި މިއީ ފަސް އަހަރު ފަހުން ނިއުރޭޑިއަންޓް އަތުން އަތުން ބަލި ނުވެ ވިކްޓްރީ ނިންމާލި ފުރަތަމަ މެޗެވެ.

ނިއު އަތުން ބަލި ނުވެ އެންމެ ފަހުން ވިކްޓްރީ މެޗެއް ނިންމާލީ 2011 ވަނަ އަހަރު ޖުލައި މަހު ދެވަނަ ދުވަހު ދިވެހި ލީގްގައި ކުޅުނު މެޗްގައެވެ. އެމެޗް ނިމުނީ ވެސް 1-1 އްގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ނިއު އޮތީ މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓް ލިބިގެން ތަވާލުގެ ހަވަނަ އިގައެވެ. ވީކްޓްރީ އޮތީ ތާވަލުގެ ފުލުގައެވެ.