އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދަތިވާ ގޮތަށް މާލޭގެ މަގު މަގާއި ކަންކަން މަތީގައާއި ގޯޅި ގޯޅި އާއި ބުރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް އަންނަ ހޮނިހިރު ދުވަހު ނަގަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އާއްމު ދަތުރުފަތުރުތަކަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކްކުރުމުގެ ސަބަބުން އެ މަގުތަކުން ދަތުރު ކުރަން އާންމުންނަށް ދަތިތަކާއި ކުރިމަތިވާތީ ފުލުހަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ތަކެތި ނެގުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޕާކްކޮށްފައި ހުންނަ ތަކެތި ނަގަން އިސްކަމެއް ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިގޮތަށް ނަގާ އުޅަނދުގެ މަޢުލޫމާތު ޕޮލިސް ޓޯޔާޑަށް ދިއުމުން ލިބޭނެ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވެސް ބުނެފައި ވެއެވެ. މީގެކުރިންވެސް މާލޭގެ މަގުތައްމަތީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅނަދުތައް ފުލުހުން ދޭތެރެ ދޭތެރެއިން ފަށާ އޮޕަރޭޝަންތަކުގައި ޓޯކޮށް ފައިވެއެވެ.