ނިއުކްލިއާ ސަޕްލަޔާސް ގްރޫޕް (އެންއެސްޖީ) ގައި ޕާކިސްތާނުން ބައިވެރިނުވެއްޖެނަމަ މުޅި ދެކުނު އޭޝިއާއަށް އެކަމުން އަސަރުކުރާނެ ކަމަށް ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވިދާޅުވެއްޖެ އެވެ.
މަމްނޫން މިހެން ވިދާޅުވީ އެންއެސްޖީގެ މެންބަރުކަން ހޯދަން ވާދަވެރި އިންޑިއާ ވެސް ގަދަ އަޅައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި ދެ ގައުމަކީ ވެސް ނިއުކްލިއަ ފައްކާކޮށްފައިވާ ދެ ބާރެވެ.
ޕާކިސްތާނާއި ގުޅުން އޮންނަ ޗައިނާގެ ރައީސް ޒީ ޖިންޕިންގް އާ ބައްދަލުކުރައްވާ މަމްނޫން ވިދާޅުވީ ޕާކިސްތާނުން ފާއިތުވެދިޔަ އަހަރުތަކުގައި އެ ގައުމަށް އެކްސްޕޯޓްކުރާ މިންވަރު ކޮންޓްރޯލް ކޮށް ކޮމާންޑާއި، ކޮންޓްރޯލް އަދި ނިއުކުލިއާ ސޭފްޓީ އާ ސެކިއުރިޓީ ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ސާޅީސް އަށް ގައުމު ހިމެނޭ މި ގުރޫޕުގައި ބައިވެރިވާން ޕާކިސްތާނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޒީ އާ މަމްނޫން ބައްދަލުކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ޝަންހާއީ އޯގަނައިޒޭޝަން ކޯޕަރޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގަ އެވެ. މިބައްދަލުވުމުގައި ޕާކިސްތާނު އަދި އުޒްބަކިސްތާނު އެ ގްރޫޕުގައި ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެ އެވެ.
ޕާޚިސްތާނުގެ ފޮރިން އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެންއެސްޖީގައި ބައިވެރި ނުވެއްޖެނަމަ މުޅި އޭޝިއާ އަށް ލިބޭނެ ގެއްލުމެއް ކަމަށް ބުނި ނަމަވެސް ބޮޑަށް ގެއްލުން ލިބޭނެކަމަށް ބެލެވެނީ އިންޑިއާ އަށް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމު ދެެމެދު އޮތް އެކުވެރިކަމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާ ވާހަކަ ދައްކަވާފައިވެ އެވެ.