ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ޒަހަމްވެއްޖެ އެވެ.
މާލޭގައި މިރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓް އައީ ހަތަރު ނަންބަރު ފާލަން ކައިރިންނެވެ. އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ވެސް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ.
އެކްސިޑެންޓްގައި ދެމީހުންގެ ގައިން ތަންތަން މަށައިގެން ގޮސްފައިވާއިރު ދެ ސައިކަލަށް ވެސް ވަނީ ގެއްލުންތައް ވެފައެވެ. އަނިޔާވި އެއްކެ އަތުގައި އެއްގަމު އުޅަނދުގެ ލައިންސަންސެއް ނެތެވެ.
މިއެކްސިޑެންޓް ހިނގި އިރު މިރޭ ވަނީ ކަނޑުމަތީގައި ވެސް އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެފައެވެ.