- މީރު އައިލެންޑް ދެ ޕެކޭޖުގެ އަގު ބޮޑު
- ބީޗް ވިލާ، އަދި މޫދު ކޮޓަރިތައް ލިބޭ
އޮގަސްޓް މަހު މާލޭގައި ބާއްވާ ވެކޭޝަންސް އެކްސްޕޯގައި އެމްވީ ހޮޓެލްސް އިން މީރު އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާނެ ދެ ޕެކޭޖް ދޭނެ ކަމަށް ބުނެފި އެވެ.
ހައިރައިޒްއިން ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ގެ އެސޯސިއޭޓް ޕާޓްނަރެއް ކަމަށްވާ "އެމްވީ ހޮޓެލްސް" އިން ބުނި ގޮތުގައި ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގަައި، މީރު އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ހާއްސަ ދެ ޕެކޭޖު ދޭނެ ކަމަށާއި، މި ދެ ޕެކޭޖުގެ އަގު ގާތްގަނޑަކަށް 3،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.
އެމްވީ ހޮޓެލްއިން މީރު އައިލެންޑް ހޮޓަލުގައި ޗުއްޓީ ހޭދަ ކުރުމަށް އެއް ޕެކޭޖުގައި ހިމެނެނީ ދެ ރޭ މީރު އައިލެންޑް ރިސޯޓުގެ ބީޗް ވިލާއެއްގައި ދެ މީހަކަށް މަޑުކޮށްލުމަށް ދޭ ފުރުސަތެކެވެ. މި ޕެކޭޖަކީ ފުލްބޯޑު ޕެކޭޖެކެވެ. އަދި އަނެއް ޕެކޭޖަކީ މީރު އައިލެންޑް ރިސޯޓުގެ މޫދު ކޮޓަރިއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ދޭ ޕެކޭޖެކެވެ. މިއީ ވެސް ފުލްބޯޑް ޕެކޭޖެކެވެ. ދެ ޕެކޭޖުގައިވެސް ކެއުންތައް ހިމަނާފައިވެ އެވެ. އަދި މީގެ ކޮންމެ ޕެކޭޖެއްގައި ވެސް ރިސޯޓަށް ދިއުމަށް ސްޕީޑް ލޯންޗް ޓްރާންސްފާ ލިބެ އެވެ
ނޭޝަނަލް އާޓްގެލަރީގައި އޮގަސްޓް 4-6 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރި ވަމުންނެވެ. އެގޮތުން މި ފެއާގެ ޕްރިންސިޕަލް ޕާޓްނަރަކީ އިނަ މޯލްޑިވްސް ހޮލިޑޭސް އެވެ.
ނޭޝަނަލް އާޓްގެލަރީގައި އޮގަސްޓް 4-6 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރި ވަމުންނެވެ. އެގޮތުން މި ފެއާގެ ޕްރިންސިޕަލް ޕާޓްނަރަކީ އިނަ މޯލްޑިވްސް ހޮލިޑޭސް އެވެ.
އެހެން ޕާޓްނަރުންގެ ތެރޭގައި:
- އޮންލައިން ޕާޓްނަރު އަވަސް އޮންލައިން
- އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
- އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
- އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
- އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
- ޓީވީ ޕާޓްނަރު ޕީއެސްއެމް
- އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
- ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
- ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
- ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
- ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
- ޕްރައިޒް ޕާޓްނަރު މުސައްފިރީން
ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.