ހުޅުމާލެ

މަސްތުވެ އިންދެގެން ދުއްވި ވޭނެއް ސެންޓްރަލް ޕާކުތެރެއަށް ވަދެއްޖެ

Jun 25, 2016

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ވޭނެއް ކޮންޓްރޯލް ނުވެ އަލަށް ހެދި ސެންޓްރަލް ޕާކުގެ ތެރެއަށް ވަދެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެމީހާ ވޭނާއެކު ޕާކްގެ ތެރެއަށް ވަން އިރު އިނީ މަސްތުގެ ހާލަތުގައި ކަމަށާއި ބަންގްލަދޭޝްގެ އެމީހާ މީހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ދުއްވީ ކޮން ފަރާތަކެއްގެ ވެހިކަލެއް ކަމެއް ވެސް އަދި ޕާކަށް ލިބުނުގެއްލުންތަކެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް ބުނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގެ ބައިތައް ހަދަމުންދާއިރު އެތަނަށް ބައެއް ގެއްލުންތައް ދޭ މައްސަލަ އެޗްޑީސީން ކުރިން ވަނީ ބުނެފައެވެ.