ބޭރު ކުޅިވަރު

ގޯލު ޖަހަންވީ ފޯވަޑުން އެކަންޏެއްނޫން: ސްވިސް ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް މިރޭ ޕޮލެންޑާ ދެކޮޅަށް އޭނާގެ ޓީމުން ގޯލު ޖަހަންވީ ހަމައެކަނި ފޯވަޑުން ނޫން ކަމަށް ސްވިޒަލޭންޑް ޓީމުން ބުނެފި އެވެ.

ކޯޗު ވަލްޑަމީރު ޕެޓްކޮވިޗް މިހެން ބުނީ މިހާތަނަށް ސްވިޒަލޭންޑުން ޖެހީ އެންމެ ދެ ގޯލަށް ކަމަށްވުމުން އެކަމާ ސުވާލު ކުރުމުންނެވެ. މުބާރާތުގެ ގަދަ 16 އަށް ސްވިސް ޓީމު ދިޔައީ އެންމެ ދެ ގޯލު ޖަހައިގެންނެވެ.

"އަހަރުމެން ޓީމު މިއަށްވުރެ ގޯލު ކުރިމަތީގައި ތޫނުފިލިވާންޖެހޭ. މިރޭ ގޯލު ނުޖަހައި ފަރެއް ނުޖެހޭނެ. އެކަމަކު ގޯލު ޖެހުމަކީ ހަމައެކަނި ފޯވަޑުންގެ ޒިންމާއެއްނޫން. އެމީހުންގެ ކޮނޑުގައި ހުރިހާ ޒިންމާއެއް ނޭޅުވޭނެ،" ކޯޗު ބުންޏެވެ.

"އަހަރުމެންގެ ޓީމުގެ އެންމެންވެސް ވާންވީ (ގޯލު ކުރިމަތީގައި) ނުރައްކާތެރި ބަޔަކަށް. އަހަރެން ގުނާލިއިރު ތިން މެޗުގައި އަހަރުމެންނަށް 15 ޗާންސް ލިބުނު. އަހަންނަށް ހީވަނީ އެވަރު ރަނގަޅުހެން،" ކޯޗު ބުންޏެވެ.

ޕޮލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ޕެނަލްޓ ޖަހަން ޖެހިދާނެތީވެ އެކަމަށް ވެސް ތައްޔާރުވާނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.