ޔޫރޯ 2016

ގްރިޒުމަންގެ ދެ ލަނޑުން މޮޅުވެ ފްރާންސް ކްއާޓާ ފައިނަލަށް

Jun 26, 2016
1

ފުރަތަމަ ހާފް ކުރީ ކޮޅު ރިޕަބްލިކް އޮފް އަޔަލެންޑް ލީޑް ނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި އެންޓޯނިއޯ ގްރިޒްމަން ކާމިޔާބު ކުރި ދެ ލަނޑުން މޮޅުވެ މުބާރާތް ބާއްވާ ގައުމު ފްރާންސް ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަޔަލެންޑުން ލީޑް ނެގީ މެޗްގެ ފެށިގެން ދެ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގައި ރޮބީ ބްރޭޑީ އެވެ.

ގްރިޒްމަން ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ 57 ވަނަ މިނެޓްގައެވެ. އޭގެ ހަތަރު މިނެޓް ފަހުން ފްރާންސުން ވަނީ މެޗްގެ ލީޑް ނަގާފައެވެ.

އަޔަލެންޑަށް އިތުރު މައްސަލައެއް ކުރިމަތިވީ ޝޭން ޑައިފްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ކްއާޓާ ފައިނަލްގައި ފްރާންސް ބައްދަލު ކުރަން ޖެހޭނީ އައިސްލެންޑާ އިންގްލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެމެޗް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.