ރަސްފަންނު

މާލޭ ޖޮގިން ޓްރެކްގައި ސިންތެޓިކް ރަބަރު އަޅަން ފަށައިފި

މާފަންނު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އަޅަމުން އަންނަ ޖޮގިން ޓްރެކުގައި ސިންތެޓިކް ރަބަރު ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ހަތް ސަތޭކަ މީޓަރު ދިގު މިނުގައި އަޅާ މި ޖޮގިން ޓްރެކުގެ މަސައްކަތް މީގެ ތިން މަސް ކުރިން ފަށާފައިވާއިރު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމަޔަށް ޖޮގިން ޓްރެކް އަޅަން 1.2 މީޓަރު ފުޅާމިނަށް ވަނީ ޖާގަ ހުސްކޮށްފަ އެވެ. ހައުސިން މިނިސްޓްރީން މިހާރު ވަނީ ސިންތެޓިކް ރަބަރު ބޭރުން ގެނެސް ޓްރެކްގައި ޖަހަން ފަށާފަ އެވެ. ރަބަރު ޖަހަން ފެށި ނަމަވެސް ޓްރެކްގެ ބޮޑު ބައެއް އަދިވެސް އޮތީ ނުނިމި އެވެ.

ޒަމާނީ ފެންވަރުގައި އަދި ޕްރޮފެޝަނަލްކޮށް ޖޮގިން ކުރާ ޓްރެކްތައްވެސް ހުންނަ ފެންވަރު ހަދާ ބެލެހެއްޓޭ ގޮތަށް ހަދާ މި ޖޮގިން ޓްރެކް އެޅުމުން މާލެ ވަށައި ދުވަން ނުކުންނަ ފަރާތްތަކަށް ފަސޭހައެއް ލިބިގެންދާނެ އެވެ.