މާލޭ ސިޓީ ކައުންސިލް

ރަސްފަންނާއި އާޓިފިޝަލް ބީޗު ގިރާތީ ވެލި އަޅަން ފަށައިފި

ރަސްފަންނު ސަރަހައްދު ގިރާތީ ވެލި އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
0%
0%
0%

ރަސްފަންނާއި އާޓިފިޝަލް ބީޗު ސަރަހައްދު ގިރަމުން ދާތީ އެ ދެ ސަރަހައްދަށް ވެލިއަޅަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ދެ ބީޗު ވެސް މޫސުމުގެ ވަކި ދުވަސްވަރެއްގައި ގިރާ ކަމަށާއި ހާއްސަކޮށް މި ދުވަސްވަރު އެ ދެ ބީޗުވެސް ގިރާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާތީ ވެލި އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާ ކަމަށެވެ. ހަތަރު ދުވަހުގެ ތެރޭގައި އެ ތަންތަނަށް ވެލި އަޅައި ނިމޭނެ ކަމަށް ވެސް ބުންޏެވެ.

އާޓިފިޝަލް ބީޗާއި ރަސްފަންނުގެ އިތުރުން އުސް މާލޭގެ ފަސްގަނޑަށް ވެސް ވެލި އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލްއިން މިހާރު ދަނީ ކުރަމުން ނެވެ.

"... އުސްފަސް ގަނޑަކީ މާލޭ ސިޓީގެ ރައްޔިތުން ކަސްރަތުގެ ބޭނުންތަކަށާއި، ގުޑިއެރުވުން ފަދަ ކުޅިވަރުތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ތަނެކެވެ. މިތަން މިވަގުތު އޮތީ ވަރަށް ބޮޑަށް އަޑިގުޑަން ވެފައެވެ. އެހެންކަމުން މިވަގުތު ވެލި އަޅަނީ މިތަނުގެ އަޑިގުޑަން ފިލުވައި ލެވެލް ކުރުމަށްޓަކަ އެވެ. ހާއްސަކޮށް އިސް ރައްވެހިން ކަސްރަތު ކުރުމަށް އެތަން ބޭނުން ކުރަމުން ދާތީ އެމީހުނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މިތަނަށް ފަސް އަޅަން ވަނީ ޖެހިފަ އެވެ." ކައުންސިލުން ނެރުނު ބަޔާނެއް ގައި ވެއެވެ.

މާލޭގެ އެ ތިން ސަރަހައްދަށް ވެލި އަޅަނީ ހުޅުމާލެއިން ވެލި ގެނެސްގެނެވެ، އެ ތަންތަނަށް ގާތްގަނޑަކަށް 400 ޓަނުގެ ވެލި އަޅަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސީލާ

މާލޭގެ ހުޅަގުފަރާތުގެ އެއޮއްވަރުގަދަ ސީވޯލް ހަލާކުކޮށްލީމާ ވީގޮތްތީ ވިސްނާނުލާ ކުރާކަންތަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345