އާޓިފިޝަލް ބީޗް

އާޓިފިޝަލް ބީޗް ރޯދައަކަށް ނުހުޅުވުނު

އާޓިފިޝަލް ބީޗު: އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. -- ފޮޓޯ: އަވަސް
0%
0%
100%

ބަންދުކޮށްފައިވާ ހެންވޭރު އާޓިފިޝަލް ބީޗަށް ބަދަލުތައް ގެނައުމަށް ފަހު ރޯދަމަހަށް އެ ބީޗް ހުޅުވާނެ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް ބީޗް ހުޅުވާލެވޭ ގޮތެއް ނުވި އެވެ. އަދިވެސް އާޓިފިޝަލް ބީޗުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރޯދައަށް އާޓިފިޝަލް ބީޗް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުންނާއި އެމްޓީސީސީން ވެސް ވަނީ ބުނެފަ އެވެ.

ބީޗު ތަރައްގީ ކުރަން ނިންމާފައިވަނީ އެ ސަރަހައްދުގައި އިތުރު ގަސް އިންދައި ބެންޗްތަކެއް ބަހައްޓާ، މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ވެސް ހަދައި މޫދަށް އެރޭ ސަރަހައްދު އިތުރަށް ފުންކުރުމާއެކު ލައިފް ގާޑުން ބައިތިއްބާ ގޮތަށެވެ.

ސަރުކާރުން ބުނެފައި ވަނީ އެ ސަރަހައްދު ދެން ސިފަވާނީ ޕާކެއްގެ ގޮތަށް ކަމަށާއި ބީޗްގައި ޖޯލި ފައްޗާއި އާއްމުން ހިތްހަމަ ޖައްސައިލެވޭނެ އެހެން ގިނަ ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނުގެ ބޮޑު ބައެއްގައި ތާރު އަޅައި މަގު ފުޅާ ކުރި ފަހުން ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ފަށައިފައިވަނީ މިދިއަ ޖެނުއަރީ މަހު 14 ވަނަ ދުވަހު އެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އާޓިފިޝަލް ބީޗު އެމްޓީސީސީއިން ވަނީ މިދިޔަ އެޕްރީލް މަހު 11 ވަނަ ދުވަހު ބަންދު ކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާގޭބުނީ

ޖަޒީރާ ސަރުކާރުން ރޯދައަށް ހުޅުވަންބުނި ބައެއްތަންތަން: 1. އާރޓިފިސަލް ބީޗް- އަދި ނިމެން ކައިރިވެސްނުވޭ 2.ރާޅުގަނޑު ސަރަހައްދު (ލޮނުޒިޔާރަތްކޮޅު) ---އަދި ނުނިމޭ ހަމައެފަދަ ހާލެއްގަ. 3. މާލޭގެ ތިން މިސްކިތެއް- ހުޅުވުނީ އެންމެމިސްކިތެއް އެނެއްކާ ރޯދަމަސްވެސްގުނަނީ 100 ދުވަސްގުނާހެންބާ؟ އެހެންވިއްޔާ އަދި މައްސަލަ ޖައްސާވަރެއްނުވޭ އަދި.

ހުސަން

ޑރ މުއިއްޒު ވިދާޅުވި ވަސްފުޅެއް ނަމަ ޔަގީން ނިމްމާނެކަން......

ލިއުނާ

މި މީހުންނަށް މިހަކު ކަންކަން ކުރިތަން ފެނިފައި މަމެންނަށްވެސް ކުރެވިދާކަމަށް ހިތާ އުޅުނީ. ސީލާ

ވިސާމް

ނުހުޅުވިގެން ބަޔަކު އެބައުޅޭތަ؟ ތިކަހަލަ ފޭކް ކިތައްވާހަކަ މިހާރު ގުއިވެގެން ގޮއްސި. އެޖެންޑާ 19 އަކީ ތިއީ. އަނގަފޮނި،. ރައީސް ޔާމިން ގެ ގަޓުތުހުރުމޭ އަހަރެމްން ބުނަނީ މިކަހަލަ ކަންކަމުގައި. ދެން އަވަހަށް ކޮމިޓީއެއް ހަދާ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345