ރަސްފަންނު

ރަސްފަންނުގެ މޫދު އަލުން ހުޅުވާލައިފި

މާލޭގެ މާފަންނުގައި ތަރައްގީކޮށްފައިވާ ރަސްފަންނުގެ މޫދު އަލުން އާންމުންނަށް ހުޅުވާލައިފި އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ، ރަސްފަންނުގެ މޫދަށް އެރެން އަލުން އާންމުންނަށް ހުޅުވާލީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އަލުން ހުޅުވާލީ ހެލްތް ޕޮރެޓްކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްފަންނުގެ މޫދުގައި ނަޖިހުގެ އަލާމާތެއް ފެންނަން ނެތްކަން ކަށަވަރު ކޮށްދިނުމުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ރަސްފަންނަށް މޫދަށް އެރުން މަނާކުރީ، އެ ސަރަހައްދުގެ މޫދުން ނަޖިސް ފެނުމުން، އެޗްޕީއޭގެ ލަފާގެ މަތިންނެވެ. ރަސްފަންނުގައި މޫދަށް އެރެން ބޭނުންކުރާ ސަރަހައްދުން ނަޖިސް ފެންނަށް ކަމުގެ ޝަކުވާއަކީ އާއްމުކޮށް ހުށަހަޅާ ޝަކުވާއެކެވެ. މާލޭގެ ނަރުދަމާ ހޮޅިވެސް އަޅައިފައި އޮންނަނީ ރަސްފަންނު ތަރައްގީކޮށްފައިވާ ސަރަހައްދުގަ އެވެ.

ހިތްގައިމު ގޮތަކަށް ރަސްފަނު ތަރައްގީ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުންނެވެ.