ދުނިޔެ

ޔުކްރެއިންގައި ހަމަލާ ބަދަލުކުރުން ހުއްޓާލައިފި

ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހު ބެލާރުސްގައި ރަޝިއާ އާއި ޔުކްރެއިން އަދި ފްރާންސާއި ޖަރުމަނުގެ އެންމެ އިސްވެރިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. މި އެއްބަސްވުން ގާއިމުކުރެވި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާއިރު މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޔުކްރެއިންގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި 5،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މި ހަމަނުޖެހުންތަކުގެ އަސްލު ގުޅިފައި ވަނީ ޔުކްރެއިންގެ ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ޔުކްރެއިންގެ އިރުމަތީ ބިތުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ޔުކްރެއިންއާ ވަކިވެގަތުމުގެ ހަރަކާތެއް ފެށުމުންނެވެ. މި ހަރަކާތް ވަރުގަދަވީ ރަޝިއާ އިން ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އަސްކަރީ އެއްބާރުލުންދިނުމާ ގުޅިގެން ކަމަށް ޔުކްރެއިން އާއި ހުޅަނގުގެ އެހެން ގައުމުތަކުން ތުހުމަތުކުރެ އެވެ.