ޔޫރޯ 2016

ކުޑަކުޑަ އައިސްލެންޑުން އިންގްލެންޑް "ގަނޑުކޮށް"، ލަދު ގަންނަވާލައިފި

މުބާރާތުގެ ހޮޓް ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު އިންގްލެންޑް ބަލިކޮށް، މުބާރާތުގައި މުޅިން އަލަށް ވާދަ ކުރާ ކުޑަ ކުޑަ އައިސްލެންޑުން ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އައިސްލޭންޑް ކްއާޓާ ފައިނަލަށް ދިޔައީ ވަރުގަދަ އިންގްލެންޑް ލަދު ގަންނަވާލުމަށްފަހު އެވެ.

މިރޭގެ މެޗްގައި އައިސްލެންޑުން، އިންގްލެންޑުގެ މައްޗަށް ލީޑް ނެގީ ޕެނެލްޓީއެއްގައި އިނގިރޭސިން ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައެވެ.

އިންގެލެންޑަށް ލީޑް ނަގައިދިނީ މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައެވެ. ޕެނަލްޓީ ޖަހައި ދިނީ ކެޕްޓަން ރޫނީ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އައިސްލެންޑުން ވަނީ އިންގްލެންޑް ސިއްސުވާލައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނި ސިގްރޯސަންއެވެ.

އައިސްލެންޑުން ލީޑް ނެގީ 18 ވަނަ މިނެޓްގައި ސްގްޕްރޯސަންއެވެ.

ކްއާޓާ ފައިނަލުގައި އައިސްލެންޑް ވާދަ ކުރާނީ މުބާރާތް ބާއްވާ ގައުމު ފްރާންސާ ދެކޮޅަށެވެ. އެ މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ. މިރޭގެ ނަތީޖާއާއެކު އައިސްލެންޑަށް މިހާރު ވެސްވަނީ މުބާރާތް ކާމިޔާބު ވެފައެވެ.