އެސްޓީއޯ

ޑެވޮންޑޭލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

Jun 28, 2016
1

އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ޑެވޮންޑޭލް ކިރުގެ އަގު ހެޔޮ ކޮށްފި އެވެ. އެސްޓީއޯއިން ބުނީ ރޯދަމަހާ ގުޅުވައިގެން ޑެވޮންޑޭލް އަގު ހެޔޮކޮށްފައިވާއިރު ފުލްކުރީމް 1 ލީޓަރު ގެ ކޭހެއް 220ރ. އަށް އަދި ޕެކެޓެއް 25ރ. މިހާރު އެސްޓީއޯ ސުޕަމާޓާއި ރީޖަނަލް ފިހާރަތަކުން ލިބޭނެ ކަމަށެވެ.

ޑެވޮންޑޭލްއަކީ އޮސްޓްރޭލިއާގެ އެއްވަނަ ޔޫއެޗްޓީ މިލްކުގެ މަގާމް ލިބިފައިވާ އަދި ރާއްޖޭގައި އެންމެ ހިނގާ އެއް ޔޫއެޗްޓީ މިލްކް ބްރޭންޑެވެ. މިއީ އެއްވެސް މިންވަރަކަށް ފެން އަދި ގިނަ ދުވަހަށް ރައްކާތެރިކުރުމަށްއަޅާ ކެމިކަލް (ޕްރިޒަވޭޓިވްސް) ނުހިމަނާ ތައްޔާރުކުރެވިފައިވާ މިލްކް ބްރޭންޑެކެވެ.

އެސްޓީއޯއިން ބުނީ ޑެވޮންޑޭލް މިލްކްޕައުޑަރު ފަދަ ރޭންޖްތައް ކުރިއަށް އޮތްތަނުގައި އަގުހެޔޮ ކުރާނެ ކަމަށެވެ. އެސްޓީއޯއިން ރާއްޖެއަށް އެކްސްކްލޫސިވްކޮށް ޑެވޮންޑޭލްގެ މާކެޓް ކުރާތާ 20 އަހަރު ވެދާނެ އެވެ.